ހަތް ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ޝާންޓޭ ދޫކޮށްލައިފި

މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ --

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލައިިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ޑައިމޯފިން ޓެރެފިކް ކުރުމުގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލަ އަދި ކޯޓުން ނުނިމެ އެވެ.

ގައުމީ އިނާމް ވެސް ހޯދައިފައިވާ ޝާންޓޭ ހައްޔަރުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެވެ.

ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓަ މޯލްޑިވްސް އާއި އަދިވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދާފަ އެވެ.

comment ކޮމެންޓް