ކޮވިޑް-19 ގެ ސަބަބުން އައިފާ އެވޯޑް ފަސްކޮށްފި

އައިފާ އެވޯޑްސް ވަނީ ވައިރަހުގެ ސަބަބުން ފަސްކޮށްފައި---

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑެމީ އެވޯޑްސް (އައިފާ) އެވޯޑް ހަފުލާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ ސަބަބުން ކެންސަލްކޮށްފި އެވެ.

އައިފާ އެވޯޑް ފަސްކުރިއިރު އެ އެވޯޑް ހަފްލާ ދެން ބާއްވާނީ ކޮންއިރަކު ކަމެއް ހާމަކޮށްފައެއްނުވެ އެވެ. ވިޒް ކްރާފްޓުން ބުނީ އައިފާ އެވޯޑް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެކަމަށެވެ.

މަދިޔަ ޕްރަދޭޝްގެ އިންދޯރުގައި ބޭއްވުމަށް ނިންމި އައިފާ އެވޯޑް ހަފްލާ ފަސްކުރީ ހުރިހާ އެންމެންގެ ވެސް ރައްކާތެރިކަމަށް ވިސްނައި މަދިޔަ ޕްރަދޭޝްގެ ސަރުކާރާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށް ވިޒް ކްރާފްޓުން ބުންޏެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ 30 މީހަކު މިހާތަނަށް ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން، ދިއްލީގެ ސްކޫލްތައް ވެސް ވަނީ މި މަހުގެ ނިޔަލަށް ބަންދުކޮށްފަ އެވެ.

އައިފާ އެވޯޑްސް އަކީ އަކީ 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑް ހަފުލާއެކެވެ.

comment ކޮމެންޓް