އައިފާ އެވޯޑްސް: އެންމެ މޮޅު އެކްޓަރުންނަކީ އާލިއާ އާއި ރަންވީރު

އެންމެ މޮޅު އެކްޓަރުންނަކީ އާލިއާ ބަޓް އަދި ރަންވީރު ސިންހް--- ފޮޓޯ/ އިންސްޓަގްރާމް

ނިމިގެން ދިޔަ 20 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު އެކްޓަރުންގެ ގޮތުގައި އާލިއާ ބަޓް އަދި ރަންވީރު ސިންހް ހޮވިއްޖެ އެވެ.

އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ އޭނާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "ރާޒީ" އިންނެވެ. ރަންވީރަށް އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބުނީ "ޕަދްމާވަތު"އިންނެވެ.

އޭގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ފިލްމު އަންދާދުންގެ ސްރީރާމް ރަގްވަން އެވެ. އައިފާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ އާލިއާ ބަޓްގެ ރާޒީއެވެ.

އަލަށް ތައާރަފްވި މޫނުތަކުގެ ތެރެއިން އެންމެ މޮޅު ބަތަލާ ސާރާ--- ފޮޓޯ/ އިންސްޓަގްރާމް

އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑު ލިބުނީ ފިލްމު "ޕަދްމާވަތު" އިން އަދިތީ ރާއޯ ހައިދަރީ އަދި ފިލްމު "ސަންޖޫ" އިން ވިކީ ކޯޝަލްއެވެ.

އައިފާ އެވޯޑްސްގައި ހާއްސަ އެވޯޑް ލިބުނު ތަރި އަކީ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އެވެ. އެ އެވޯޑަކީ ފާއިތުވި 20 އަހަރުތެރޭ އެންމެ މޮޅު ބަތަލާގެ އެވޯޑެވެ. އެ އެވޯޑް ހޯދި ފިރިހެން ބަތަލަކީ ރަންބީރު ކަޕޫރެވެ.

ފާއިތުވި 20 އަހަރުތެރޭ އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލްކުރި އަންހެން ބަތަލާ ދީޕިކާ ޕަދުކޯން-- ފޮޓޯ/ އިންސްޓަގްރާމް

އަލަށް ތައާރަފްވި މޫނުތަކުގެ ތެރެއިން އެންމެ މޮޅު ތަރިންނަކީ ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި އިޝާން ކައްތުރާ އާއި "ކެދާނަތު" އިން ތައާރަފްވި ސާރަ އަލީ ހާންއެވެ.

ހަޝްދީޕް ކޯރް، ވިބާ ސަރަފް އަދި އަރިޖިތު ސިންގް އަށް އެންމެ މޮޅު ޕްލޭ ބެކް ލަވަކިޔުންތެރިޔާގެ އެވޯޑް ވަނީ ލިބިފަ އެވެ.

އަލަށް ތައާރަފްވި މޫނުތަކުގެ ތެރެއިން އެންމެ މޮޅު ބަތަލު އިޝާން ކައްތުރާ-- ފޮޓޯ/ އިންސްޓަގްރާމް

ގިނަ އެވޯޑުތަކެއް ދިން ހަފްލާގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ. ސާރާ އަލީ ހާންގެ ހާއްސަ ހުށައެޅުމެއް ފެނިގެންދިޔައިރު ކެޓްރީނާ އަދި ސަލްމާންގެ ހުށައެޅުމެއް ވެސް ވަނީ ފެނިގެން ގޮއްސަ އެވެ.

comment ކޮމެންޓް