މާލޭގައި މެންގޯ ބްރޭންޑުގެ ފިހާރައެއް ހުޅުވައިފި

މަޖީދީ މަގުގައި މިރޭ ހުޅުވި މެންގޯ ފިހާރައިގެ އެތެރޭގައި ގިނަ ބަޔަކު އެއްވެ --- ސަން ފޮޓޯ

ދުނިޔޭގެ މަޝްހޫރު އަންނައުނު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ "މެންގޯ"ގެ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މަޖީދީ މަގުގައި ކުރިން ހިންގި ސޮނީ ހާޑްވެއާ ޕްރޮފެޝަނަލްގެ އިމާރާތުގައި މެންގޯގެ އާ ފިހާރަ ހުޅުވިއިރު ރާއްޖެއަށް އެ ބްރޭންޑު ގެނެސްފައިވަނީ ސޮނީ އިންނެވެ.

ދެ ފަންގިފިލާއަށް ހާއްސަކޮށް ހުޅުވާފައިވާ މެންގޯގެ ފިހާރައަކީ އަންހެނުންގެ އަންނައުނާއި އެކްސެސަރީސްއަށް ހާއްސަ ފިހާރައެކެވެ.

ހަވީރު ލައިގެން އުޅޭ ހެދުމުން ފެށިގެން ރަސްމީ ކަންކަމުގައި ލާނެ ހެދުން ފަދަ ތަކެތިވެސް އެ ތަނުން ލިބެން ހުންނާނެ އެވެ.

ރާއްޖޭގެ ފިހާރައާއެކު މިހާރު އޭޝިއާ ސަރަހައްދުގެ 27 ގައުމެއްގައި މެންގޯގެ ފިހާރަތައް ހުޅުވާފައިވެ އެވެ. އެގޮތުން އިންޑިއާ އާއި ވިއެޓްނާމް އަދި ޗައިނާ ފަދަ ގައުމުތަކުގައި މެންގޯގެ އައުޓްލެޓްތައް ހުރެ އެވެ.

މެންގޯ އަކީ ސްޕެއިން އިން 1984 ވަނަ އަހަރުގައި އުފެދިގެން އައި ބްރޭންޑެކެވެ. އެ ބްރޭންޑުގެ ދަށުން ދެ ޖިންސުގެ މީހުންނާއި ކުޑަކުދީންނަށް ހާއްސަ އަންނައުނު ލިބޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް