އަލްޝާލީ މެރިން އިން ގެސްޓްހައުސްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އަލްޝާލީގެ ކުދި އުޅަނދުފަހަރުން ހާއްސަ ޑިސްކައުންޓެއް ދޭނެއެވެ.
އެގޮތުން އެކުންފުނީގެ ވޯޓާސްޕޯޓްސްއަށް ހާއްސަ ދެ އުޅަނދު ކަމުގައިވާ ކެނެރީ21 އަދި ކެނެރީ24 ލޯންޗުތަކުން ހާއްސަ ޑިސްކައުންތު ދޭން ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ މެރިން އެކްސްޕޯގެ އެންމެ އިނޮވޭޓިވް ޕްރޮޑަކްޓުގެ އެވޯޑު ލިބުނު އަލްޝާލީގެ އެކްޝަން 25 ލޯންޗުންވެސް ހާއްސަ ޑިސްކައުންޓެއް މި ޕްރޮމޯޝަނުގައި ދޭން ވަނީ ނިންމައިފައެވެ.
އަލްޝާލީ މެރިންގެ އުފެއްދުންތަކަށް އެމްއެފްއެލްސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންސިން ސްކީމްތައް މެދުވެރިކޮށް އެދެވޭނެއެވެ. އެކުންފުނިން އުފައްދާ ލޯންޗުތަކަށް 18 މަހުގެ ވޮރެންޓީއެއްވެސް ދެއެވެ.
އަލްޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވީ އެކުންފުނިން ފެށި މި ޕްރޮމޯޝަނަކީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.
އަލްޝާލީ މެރިންއަކީ ފުޅާ ދާއިރާޢެއްގައި ފައިބާ ގްލާސް އުޅަނދުތައް އުފައްދާ ކުންފުންޏެކެވެ. އެގޮތުން ދޯނި ފަހަރާއި އެކި ސައިޒްގެ ލޯންޗު ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އެކުންފުނިން ބަނދެއެވެ.