ބޯޑާ ސެކިޔުރިޓީ އާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

ބޯޑާ ސެކިޔުރިޓީ އާއި ގުޅޭ ވޯކްޝޮޕެއް ފަށައިފި އެވެ.

"އެޑްރެސިން ބޯޑާ ސެކިޔުރިޓީ އެންޑް ކައުންޓާ ޓެރަރިޒަމް ބައި ސްޓްރެންތެނިން އިންޓަ އެޖެންސީ ކޯޕަރޭޝަން އިން ބޯޑާ މެނޭޖުމެންޓު"ގެ ނަމުގައި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި މި ވޯކްޝޮޕް އަކީ އިމިގްރޭޝަނާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އަދި އދ.ގެ ނޭޝަންސް އޮފީސް އޮފް ކައުންޓާ ޓެރަރިޒަމް ގުޅިގެން ބާއްވާ ވޯކްޝޮޕް އެކެވެ.

މި ބައްދަލުވުމުގައި ބޯޑަރު ބެލެހެއްޓުމުގައި އަމަލު ކުރާ ފުރިހަމަ އުސޫލުތަކާ ގުޅޭ ގޮތުން މައުލޫމާތުދޫ، ޓެރަރިޒަމް އަދި ބޯޑަރު ހުރަސްކޮށް ހިންގާ މިގަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުގެ ގާބިލްކަން ކުރިއެރުވުމަށް މަޝްވަރާ ކުރާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ކައުންޓާ ޓެރަރިޒަމްގެ ސަބަބުން ބޯޑަރުގެ ސަލާމަތާ ގުޅުން ހުރި މައްސަލަތައް ދެނެގަނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުމުގައި 26 ފަރާތަކުން ބައިވެރިވެ އެވެ.

comment ކޮމެންޓް