ފިލި މައްސަަލައިގައި ލުތުފީގެ މައްޗަށް ދައުވާކޮށްފި

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ މާލެ ގެނައުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ބައިވެރިވެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނީ މިއަދު އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ލުތުފީގެ މައްޗަށް ކުރަނީ އްޖޭގެ ގާނޫނުލްއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން، މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ.

ލުތުފީވަނީ ހޯމް މިނިސްޓްރީގެ ހުއްދައާއެކު 2010 ވަނަ އަަހަރު އިންޑިއާއަށް ގޮސް ފިލައިފައެވެ. އޭގެ ފަހުން އޭނާ އުޅެމުންދިޔައީ ސްރީލަންކާގައި ފިލައިގެންނެވެ. އޭނާގެ މައްޗަށް ދައުވާކުރަނަނީ އެ މައްސަލައިގައެވެ.

މިދިޔަ އަހަރު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ސެކިއުރިޓީ ވަރުގަދަކުރުމުން ލުތުފީ އުޅުނީ ސްރީލަންކާގައި ހުންނަ ރާއްޖޭގައި ހުންނަ އެމްބަސީގައެވެ. ނަމަވެސް ފަހުން ލުތުފީވަނީ ރާއްޖެ ގެނެސް އަލުން ޖަލުގައި ބަންދުކޮށްފައެވެ.

ލުތުފީގެ މައްޗަށް ކުރިން އޮތީ 25 އަަހަރުގެ ހުކުމެއް ކޮށްފައެވެ.

ލުތުފީގެ މައްސަލަ ތަހުގީގްކޮށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ނޮވެމްބަތު ތިނެއްގެ އުދުވާނުގައި އިސްކޮށް އުޅުނު ލުތުފީގެ ހަަމަލާތަކުގައި 19 ދިވެހިން ޝަހީދުވިއެވެ.

comment ކޮމެންޓް