"ބިގް ބޮސް 13"ގެ ރަނަރަޕް އާސިމް އާއި ޖެކަލީންގެ ލަވައިގެ ޝޫޓިން ފަށައިފި

އާސިމް އާއި ޖެކަލީން---

ކަލާޒް ޗެނެލުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13ގެ ރަނަރަޕް އާސިމް އާއި ބަތަލާ ޖެކަލީން ފާނަންޑޭޒް ހަރަކާތްތެރިވާ ލަވައިގެ ޝޫޓިން ފަށައިފި އެވެ.

ޖެކަލީންގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ އާސިމް އާއެކު ލަވައެއްގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި އެކަމާމެދު އޭނާ ވަރަށް އުފާވާކަމަށެވެ. މި ލަވަ ރިލީޒްކުރާނީ އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ.

ލަވައިގެ ޝޫޓިންގައި އުޅެމުން ނަގާފައިވާ ވީޑިއޯކޮޅުތަކެއް އިންސްޓަގްރާމްގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އާސިމް ވަނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމެއްގައި ހަރަކާތްތެރިވެފަ އެވެ. އެއީ 2014 ވަރުން ދަވަނާ އެކު ގެނެސްދިން ފިލްމު "މޭ ތޭރޯ ހީރޯ" އިންނެވެ. އޭނާ ވަނީ ބޮލީވުޑްގެ ބައެއް އިސްތިހާރުތަކުން ވެސް ފެނިގެން ގޮއްސަ އެވެ.

comment ކޮމެންޓް