ނ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފެށުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ--- ފޮޓޯ: ހެލްތު މިނިސްޓްރީ

ނ. އަތޮޅު މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މިރޭ އެ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަތުގެ ފަރުވާ ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށުމާ އެކު، އެ ހިދުމަތް ހޯދުމަށް މަނަދޫ އާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

ނ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފެށުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

އޭގެއިތުރުން މަނަދޫގައި ދަތުގެ ފަރުވާގެ ހިދުމަތް ތައާރަފުވުމަކީ، ނ. އަތޮޅުގައި ހުރި ރިސޯޓްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށްވާއިރު، ނ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރި އެ ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއްކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

ނ. މަނަދޫއަކީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ އަތޮޅުގައި 15000 މީހުން ދިރިއުޅެ އެވެ.

comment ކޮމެންޓް