މާޗް 15ގެ ކުރިން އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ އައްޑޫ ފްލެޓުތައް އަތުލަނީ

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން އަޅާފައިވާ ފްލެޓްތަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީ ހިތަދޫ އަވަށާއި ހުޅުދޫ އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރަން މުހުލަތެއް ދީފިއެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫގައި އިމާރާތް ކުރީ 48 ފްލެޓެވެ. އަދި ހިތަދޫގައި އިމާރާތް ކުރީ 264 ފްލެޓެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހިތަދޫ އާއި ހުޅުދޫގައި އެޅި ފްލެޓުތަކުގެ ތެރެއިން މިހާރު ހަވާލުނުކޮށްހުރި ފްލެޓުތައް އޭގެ ހައްގު ފަރާތްތަކަށް ވަރަށް އަވަހަށް ހަވާލުކޮށް ނިންމުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، ފްލެޓު ލިބިފައިވާ އަދި މިހާތަނަށް ފްލެޓު އެގްރީމަންޓްގައި ސޮއިނުކޮށް ތިބި ފަރާތްތަކަށް ސޮއިކުރުމުގެ އެންމެ ފަހު ތާރީހަކީ 15 މާޗް 2020 ކަމަށް ކަނޑައަޅާފައިވާކަމަށް އެ އިއުލާނުގައިވެއެވެ.

15 މާޗްގެ ކުރިން އެގްރީމަންޓުގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓުތައް ކެންސަލްކޮށް ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓުން އުނިކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން އަޅާފައިވާ ފްލެޓްތަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގައި އިމާރާތްކުރި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ފްލެޓުތަކަށްވާ ފައިސާ ދައްކަންޖެހޭ ފައިސާ ހަލާސްވަންދެން 20 އަހަރު ވަންދެން މަހަކު 3،000 ރުފިޔާ ދައްކަން ޖެހެ އެވެ.

comment ކޮމެންޓް