ގިނަ އިނާމުތަކާއި ބޮޑެތި ޑިސްކައުންޓްތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

ފެބްރުއަރީ 23، 2020: އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑެތި ޑިސްކައުންޓްތަކާއި ގިނަ އިނާމުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ހަފްލާއެއްގައި އެ ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު އެވެ.

ފެބްރުއަރީ 23، 2020: އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ގިނަ އިނާމުތަކެއް ހުށަހަޅާފައިވާ އެ ޕްރޮމޯޝަނުގައި މުދާ ގަންނަ ފަރާތްތަކަށް 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު، އެސްޓީއޯއިން ވިއްކާ ނިޕޯން ބްރޭންޑުގެ ވިނިލެކްސް އަދި ވިނީލް ސިލްކް ރޭންޖުގެ އުފެއްދުންތަކުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

ފެބްރުއަރީ 23، 2020: އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އިނާމުތަކެއް ހުށަހަޅާފައިވާ މި ޕްރޮމޯޝަންގައި ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑުތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ ހަފުތާއަކު އެއްފަހަރު ނަގާ ގުރުއަތަކުން ހޮވޭ ފަރާތަކަށް 10،000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

މިއަހަރުގެ ރަމަޟާން ބާޒާރުގެ އެންމެ ނަސީބުވެރި ތިން ފަރާތަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމްރާ ދަތުރުތަކެކެވެ.

"މިއަހަރު ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައި މި ވަނީ ހަތް އުމްރާ ދަތުރު. އެއީ އެއްވަނައަށް ހޮވޭ ފަރާތަށް ހަތަރު މީހުންގެ އުމްރާ ޕެކޭޖަކާއި ދެވަނައަށް ހޮވޭ ފަރާތަކަށް ދެ މީހުންގެ އުމްރާ ޕެކޭޖެއް އަދި ތިންވަނައަށް ހޮވޭ ފަރާތަށް އުމްރާ ޕެޖޭކެއް." އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދާއިރު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ މަކީޓާ ބުރުމާ ބޭނުންކޮށްގެން ތޮރުފުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދާނެ އެވެ.

comment ކޮމެންޓް