ރިޗާ އާއި ފަޒަލްގެ ކައިވެނި އޭޕްރިލް 15ގައި

ފަޒަލް އާއި ރިޗާ---

ބޮލީވުޑްގެ ހިތްގައިމު ޖޯޑު ރިޗާ ޗައްޑާއާއި އަލީ ފަޒަލް އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ކައިވެނިކުރުމަށް ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ދެފަރާތުގެ އާއިލާ އާ ވެސް ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ދެމީހުން ނިންމީ އޭޕްރިލް މަހު ދިއްލީގައި ކައިވެނިކުރުމަށެވެ. އަދި ކައިވެނި ހަފްލާ ލަކްނޯ އަދި މުމްބާއިގައި ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ލަކްނޯގައި ދެތަރިންގެ ކައިވެނި ހަފްލާ ބާއްވާނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ. މުމްބާއީގައި ބާއްވާ ހަފްލާ އަށް އަދި ތާރީހެއް ހަމަޖައްސާފައެއްނުވެއެވެ.

ނަމަވެސް ބައެއް ހަބަރުތައް ބުނާގޮތުގައި މުމްބާއީ ގައި އޮންނަ ހަފްލާ ބާއްވާނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާ ދެތަރިން މިއަހަރު ކައިވެނިކުރުމަށް ނިންމާފައިވާއިރު ދެފަރާތުގެ އާއިލާއިން ވެސް އަންނަނީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ރިޗާ އާއި ފަޒަލް ވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައެއްނުވެއެވެ. ފަޒަލް އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ އެކްޓަރެއް ވެސްމެއެވެ. ފަޒަލް ވަނީ "ފާސްޓް އެންޑް ފިއުރިއަސް 7" ވެސް ކުޅެފައެވެ. އޭނާގެ ކުރިއަށް ހުރި ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" ހިމެނެއެވެ.

comment ކޮމެންޓް