ރަސްފަންނާ ދިމާލުން ބޮޑުތަކުރުފާނު މަގު އަލުން ހުޅުވާލަނީ

ރައީސް ޔާމީންގެ ސަރުކާރުގައި ރަސްފައްނު ތަރައްގީ ކުރި އިރު ވެލި އަޅައި ބަންދު ކުރި ސަރަހައްދު -- ސަން ފޮޓޯ/ އަހުުމަދު ސައީދު

މާފަންނު ރާވެރިގެއިން ފެށިގެން ވެސްޓްޕާކާ ހިސާބަށް ބޮޑުތަކުރުފާނުމަގުގައި ވެލި އަޅައި ބަންދުކޮށްފައި އޮންނަ ސަރަހައްދުން ވެލިތައް ނަގައި، އާންމު ދަތުރުފަތުރަށް އެ މަގު އަލުން ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ..

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ތަރައްގީ ކުރި އިރު، ރާވެރިގެއާއި ވެސްޓްޕާކާ ދެމެދުން ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދު ބަންދުކޮށް، އެތަނަށް ވަނީ ދޮންވެލި އަޅައި އުސްކޮށްފައެވެ. އެ ތަން އެ ފަހުން ބޭނުން ކުރަމުން އައީ ކުޑަކުދިން އެކި ކުޅިވަރުތައް ކުޅެ ހިތްހަމަޖައްސާލަންދާ ތަނެއްގެ ގޮތުގައެވެ.

މިހާރު އެ ވެލިގަނޑު ނަގައި މަގު އަނެއްކާވެސް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަސްފައްނު ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ އަހުމަދު ސައީދު

އެ މަގު ހުޅުވަން ނިންމާފައިވާ އިރު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކަނބާއައިސާރަނި ހިނގުން ތަރައްގީކުރަން ބަންދުކުރާނެއެވެ. ކަނބާއައިސާރަނި ހިނގުން ތަރައްގީކުރަން ފަށާނީ ވެސްޓްޕާކާ ދިމާލުން ބޮޑުތަކުރުފާނުމަގު އަލުން ހުޅުވާލުމަށްފަހުއެވެ..

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ރަސްފަންނު ސަރަހައްދުގައި މަގު ހަދަނީ ކަނބާއައިސާރަނި ހިނގުން ބަންދުކުރަން ޖެހޭތީ ޓްރެފިކް ފްލޯ ހަމަޖައްސުމަށް ކަމަށެވެ. އަދި އެ ވެލިގަނޑުގައި ހެދިފައި ހުރި ގަސްތައް ނަގައި އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ ބިލްޑިން ކައިރީގައި ކުރިން ގާޑިއާތައް ބަހައްޓާފައި ހުރި ސަރަހައްދު -- ސަން ފޮޓޯ/ އަހުމަދު ސައީދު

ކަނބާއައިސާރަނި ހިނގުމުގެ މަސައްކަތަކީ މާލޭގެ މަގުތައް ހެދުމަށް ފަށާފައިވާ 462 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުގެ ދަށުން ޕައިލެޓް ފޭސް (ފުރަތަމަ ފިޔަވަހި) ކުރިއަށްގެންދާ މަސައްކަތެކެވެ.

comment ކޮމެންޓް