ޓީޗަރަކު ދަރިވަރުންތަކަކަށް ނިވާކަންކުޑަ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލައެއް

ދ. މާއެނބޫދޫ: އެރަށު ސްކޫލް ޓީޗަރަކު ދަރިވަރުންނަށް ނިވާކަން ކުޑަ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި ---

ދ. މާއެނބޫދޫ ސްކޫލް ޓީޗަރަކު ދަރިވަރުންތަކަކަށް ނިވާކަންކުޑަ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެއެވެ.

ފުލުހުން ބުނީ ދ. މާއެނބޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯ ޑޮކުމެންޓަރީއެއް ދެއްކި މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުހުން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ނޯތް ސެންޓަރް ޕޮލިސް ޑިވިޝަން (ކ. އއ. އދ. ވ. އަތޮޅު) ގައި ހިމެނޭ ރަށެށްގައި 15 އަހަރު އަންހެން ކުއްޖަލު ރޭ÷ް ކޮށްފައިވާ މައްސަލައެއްވެސް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރުން ވަނީ އިތުރުވެފައެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް 87 ޖިންސީ ގޯނާގެ މައްސަލަ ފުލުހުންގެ މުއައްސަސާއަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރެއިން މި މަހު މިހާތަނަށް ހުށަހެޅި 37 މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް