އަބީޝޭކްގެ "ދަ ބިގް ބުލް" އޮކްޓޫބަރުގައި

ފިލްމުގެ ޕޯސްޓަރު---

ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަންގެ ދަރިފުޅު އެކްޓަރު އަބީޝޭކް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދަ ބިގް ބުލް" ރިލީޒްކުރާ ތާރީހް ހާމަކޮށްފި އެވެ.

އެ ފިލްމު ރިލީޒްކުރާނީ އަންނަ އޮކްޓޯބަރުގެ 23 ވަނަ ދުވަހު އެވެ. އެ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމަކީ ކޫކީ ގުލާޓީ ޑައިރެކްޓްކުރާ ފިލްމެކެވެ.

އިލިއާނާ ޑި ކްރޫޒް އަންހެން ލީޑުން ފެނިގެންދާ އެ ފިލްމުގައި ކިޔާދޭނީ އިންޑިއާގެ ވިޔަފާރީގެ ބާޒާރުގައި ހަރުޝަދު މެހެތާ ކިޔާ ހިންގާފައިވާ ޖަރީމާތަކެއްގެ ވާހަކަ އެވެ. މި ފިލްމަކީ ފައިނޭންޝަލް ކްރައިމް ޑްރާމާއެކެވެ.

އަބީޝޭކް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަނޫރާގް ބާސޫގެ "ލޫޑޯ"އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

comment ކޮމެންޓް