ލަވަކިޔުންތެރިޔާ މުހުތާރު ހޯދަން ފުލުހުން އިއުލާނުކޮށްފި

މުހުތާރު އާދަމް --- ފޮޓޯ/ ޕޮލިސް

ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލަވަކިޔުންތެރިޔާ މުހުތާރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ ސިވިލް ކޯޓުން ބަލަމުންދަ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މުހުތާރު އާދަމް، ދަފްތަރު ނަމްބަރު 8882 ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އޭނާ ވީތަނެއް އެނގޭ ފަރާތްތަކުން ފުލުހުންނަށް އަންގައި ދިނުމަށް ވަނީ އެދިފަ އެވެ.

މުހުތާރު ހޯދަމުން ދަނީ ސިވިލް ކޯޓުގައި އޮތް ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ. އާންމުކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކޯޓުން ފުލުހުންނަށް އަންގަނީ އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް ހާޒިރު ނުވެ، ޗިޓް ހަވާލު ނުކުރެވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް