ޒޭންއާއި ޖީޖީ އަލުން ގުޅިއްޖެ

ޒޭން މާލިކް އާއި ޖީޖީ ހަދީދް---

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 27، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް 24، އަލުން ގުޅިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން ރިޕޯޓްތައް ބުނިގޮތުގައި ޖީޖީ އާ ޒޭންގެ ގުޅުން މިހާރު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށާއި ޖީޖީ މިހާރު ބޭނުންވަނީ ޒޭން އާ އަލުން ގުޅެންކަމަށެވެ. ލޯބިވެރިންގެ ދުވަހު ޖީޖީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީއަށް ޒޭން މާލިކްގެ ފޮޓޯއެއްލާފައެވެ.

އެދެމީހުން އަލުން ގުޅުނު ހަބަރަކީ ޒޭން އާއި ޖީޖީގެ ފޭނުން ވަރަށް އުފާވެރި ހަބަރެކެވެ.

ދެ ފަންނާނުން 2018 ވަނަ އަހަރު ރުޅިވިއިރު އެކަން ވަނީ ދެ މީހުން ވެސް ކަށަވަރުކޮށްދީފައެވެ. އަދި އެމީހުންވަނީ އެކަކު އަނެކަކަށް އަންފޮލޯވެސް ކޮށްފައެވެ. ނަމަވެސް މަންޒަރު ބަދަލުވެގެންދިޔައީ އެދެތަރިން އެކުގައި އެއްކޮށް ފެނުމުންނެވެ.

ޖީޖީ ވަނީ ޒޭންއާ ރައްޓެހިވުމުގެ ކުރިން ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާ ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވެފައެވެ. ޒޭން ވެސް ވަނީ ލަވަކިޔުންތެރިޔާ ޕެރީ އެޑްވާޑްސްއާ ރައްޓެހިވެގެން އުޅުމަށް ފަހު 2015ގައި ރުޅިވެފައެވެ.

comment ކޮމެންޓް