އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައެއް

އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އަކްރަމް ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކައިފައިވާ ކަަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް "ސަން" އަށް ވިދާޅުވީ އިއްޔެ އާއި މިއަދު އީސީގެ މުވައްޒަފުންނަށް ބިރު ދެއްކީ، ކައުންސިލް އިންތިހާބުގެ އެޕްލިކޭޝަން ފޯމް ހުށަހަޅަން އައި އާންމު ފަރާތަކުން ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ މަސައްކަތުގއި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރުދައްކއި އިންޒާރު ދިނުމަކީ އިސީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަަމަށެވެ.

"ބިރު ދައްކާ އިންޒާރު ދިނުމަކީ މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް. ގޯސްކަންކަން ތަކުރާރުކުރުމުން ވާނީ ގޯސް. ﷲގެ އިރާދަފުޅާއިއެކު އަޅުގަނޑުމެން އިންސާފުވެރި އަމާން އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ." އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބިރުދެއްކުމާއި އިންޒާރުދީ ހަދާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެ ކޮމިޝަނުން އަޅަމުން ގެންދާނެ ކަަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އެ އިންތިހާބް އޮންނާނީ އަންނަ އޭޕްރީލް މަހު އެވެ.

comment ކޮމެންޓް