ބާކީވާ ކާތަކެތި ނައްތާލާ މެޝިނެއް މަޖިލީހަށް ހަދިޔާކޮށްފި

ޕްލޭންހޮޓެލް ގްރޫޕުން މަޖިލީހަށް އިންސިނެރޭޓަރެއް ހަދިޔާކުރުން -- ފޮޓޯ/މަޖިލިސް

ޕްލޭންހޮޓެލް ހޮސްޕިޓެލިޓީ ގްރޫޕުގެ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފުޑް ޕްރޮސެސިން އިންސިނެރޭޓަރެއް ހަދިޔާކޮށްފި އެވެ.

އިންސިނެރޭޓަރު ހަދިޔާކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ފަރާތުން އިންސިނެރޭޓަރާ ހަވާލުވެވަޑައިގަތީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މެޝިނަކީ މަޖިލީހަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.

"މީ ކުނި ނައްތާލާ މެޝިނެއް. މިއަށް ކާ އެއްޗެހި އެޅީމާ އެ ކާއެއްޗެހި ބަދަލުވެގެން މިދަނީ ގަސްކާނާއަށް. އެހެންވީމަ އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ވަރަށް ބޭނުންތެރި އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޕްލޭންހޮޓެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، އިންސިނެރޭޓަރު ބޭނުންކުރާނެ ގޮތް ވަނީ ދައްކާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް