ރަންވީރުގެ "ޖަޔޭޝްބާއީ ޖޯރްދާރް"ގެ ޝޫޓިން ނިންމާލައިފި

ފިލްމުގެ ޕޯސްޓަރު---

ބޮލީވުޑްގެ ކާމިޔާބު ބަތަލު ރަންވީރު ސިންހް ލީޑު ރޯލު ކުޅޭ "ޖަޔޭޝްބާއީ ޖޯރްދާރް"ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

ޖަޔޭޝްބާއީ ޖޯރްދާރް އަކީ ކޮމެޑީ ފިލްމެކެވެ. ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައިނުވާ އެ ފިލްމަކީ މަނީޝް ޝަރުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ދިވްޔަންގް ތައްކަރު ޑައިރެކްޓް ކުރާ އެ ފިލްމައި ރަންވީރުގެ އިތުރުން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޮމަން އިރާނީ، ރަތުނާ ޕަތަކް، ޝާލިނީ ޕާންޑޭ އަދި އަޕަރްޝަކްތީ ކުރާނާއެވެ.

މި ފިލްމު ރިލީޒްކުރާ ތާރީޙް ހާމަކޮށްފައިނުވި ނަމަވެސް މި ފިލްމަކީ މިއަހަރު ސިނަމާތަކަށް ގެނެސްދޭން ތާވަލްކޮށްފައިވާ ފިލްމެކެވެ. ފިލްމާ ގުޅޭ ގޮތުން މަނީޝް ބުނީ މި ފިލްމަކީ ހީ ހީ ހަލާކުކޮށްލާނެ ވަރުގެ ފިލްމެއްކަމަށާއި އަދި މި ފިލްމުގެ ސަޅި ތަންކޮޅަކީ ރަންވީރު އުޅުން ކަމަށެވެ. މި ފިލްމުގައި އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ. މަނީޝް ވަނީ ފިލްމުގެ ކާސްޓަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ރަންވީރު އެ ފިލްމުގައި ކުޅޭނީ ގުޖުރާތު ފިރިހެނެއްގެ ރޯލެވެ.

comment ކޮމެންޓް