އިކޮނިމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އާ ހިދުމަތްތަކެއް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އާ ހިދުމަތްތަކެއް ތައާރަފްކުރަން ނިންމައިފިއެވެ.

އެގޮތުން ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުން ހުއްދަ ހޯދަން ނުޖެހޭ ވިޔަފާރި ހަރަކާތްތައް އިކޮނޮމިކް މިނިސްޓްރީގައި ދަފްތަރުކުރުމަށްޓަކައި ބިޒްނަސް އެކްޓިވިޓީ ރަޖިސްޓްރީން ހިދުމަތް ތައާރަފްކުރަން ވަނީ ނިންމައިފައެެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހިދުމަތް ދޭން ފަށާނީ މިމަހުގެ 20 ގައި ކަމަށެވެ.

އޭގެ އިތުރުން ޑިވޮލޮޕަރުންނަށް ބޭނުންވާ ވިޔަފާރިތަކާބެހޭ މައުލޫމަތު ސިސްޓަމް އެޕްލިކޭޝަން އިންޓަގްރޭޝަންއަށް ބޭނުންކުރުމަށްޓަކައި އޭޕީއައިއަށް ރިކުއެސްޓު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރި ކުރުމަށް އެކި ފަރާތްތަކާ މުއާމަލާތުކުރުމުގެ ކުރިން، އެއީ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްތޯ، އަދި ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު ބެލޭނެ ނިޒާމެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

މީގެ ކުރިން ވިޔަފާރިތަކާ ބެހޭގޮތުން އާންމުން ސުވާލެއް ކުރަން ބޭނުންނަމަ ޖެހެނީ މިނިސްޓްރީއަށް މެއިލްކޮށް ނޫނީ ގުޅައިގެން މައުލޫމާތު ހޯދާށެވެ.

ނަމަވެސް މިނިސްޓްރީއަށް ހުށަހެޅޭ ސުވާލުތަކުގެ 50 ޕަސެންޓްއަކީ ލައިވް ޗެޓް މެދުވެރިކޮށް ކުރެވޭނެ ސުވާލުތަކެއް ކަމަށް ފާހަގަވެފައިވާ ކަަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ވިޔަފާރީގެ ހިދުމަޔް ހޯދާ ކަސްޓަމަރުންނަށް ފަސޭހައިން މައުލޫމާތު ދިނުމަށް ބިޒްނަސް ޕޯޓަލްގެ ތެރެއިން މިހާރު ލައިވް ޗެޓް ތައާރަފްކުރެވިފައިވާ ކަަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް