ގޭންގް ރޭޕް މައްސަލައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެދު ރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނެފައިވަނީ އެ ރޭޕް މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވަނީ އިއްޔެ ކަމަށެވެ.

މިދިޔަ މަހުގެ 22ގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ކުރީން ބުނެފައިވަނީ އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހަތަރު މީހުންގެ ތެރެއިން ދެމީހަކީ 19 އަހަރުގެ ދެމީހުންނެވެ. ބާކީ ތިބި ދެމީހުންގެ ތެރެއިން އެކަކަށް 18 އަހަރު ވާއިރު އަނެކަކީ 21 އަހަރުގެ މީހެކެވެ.

އެގޮތުން ކުރީން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވާ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ރޭޕްކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ. ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ 14 އަހަރުގެ ކުއްޖާއަށް ގުޅައި ގެސްޓުހައުސްއަށް ކުއްޖާ ގެންދިޔުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

https://sun.mv/130645

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ލިބުން އަވަސް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް