ބާގީ 3 ޓްރެއިލާ: އަޖައިބުވާހާ ފުރިހަމަ

ބާގީ 3 ގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާގީ 3" ގެ ޓްރެއިލާ އާންމުކޮށް ދައްކާލައިފިއެވެ.

އެ ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ބާގީ ފްރެންޗައިޒްއަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މަގްބޫލު ފްރެންޗައިޒްއެކެވެ. ފިލްމުގެ ޓްރެއިލާ ދެއްކުމާއެކު ގިނަ ބަޔަކު އަންނަނީ މި ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނަމުންނެވެ.

ޓައިގާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑު ރޯލުކުޅޭނީ ބާގީގެ ފުރަތަމަ ބައިގެވެސް ލީޑުރޯލު ކުޅުނު ބަތަލާ ޝްރައްދާ ކަޕޫރެވެ.

އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގައި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފްވެސް ފެނިގެންދާނެއެވެ. މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. ބާގީ 3ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެއެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއްވެސް ހިމަނަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް