ސީޒަންގެ "އަނދިރިކަން"ގެ ޓްރެއިލާ އާންމުކޮށްފި

ފިލްމުގެ ޕޯސްޓަރެއް---

ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެއް އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ފޭސްބުކްގައި ފިލްމުގެ ޓްރެއިލާ އާންމުކުރިއިރު އެ ޓްރެއިލާއަށް އަންނަނީ ވަރަށް ޕޮސިޓިވް ކޮމެންޓްސް ލިބެމުންނެވެ. ޓްރެއިލާއިން އާއިލީ މައްސަލަތައް ކޮންމެވެސް ވަރަކަށް ފެނިގެން ދިޔައެވެ.

ފިލްމު އަނދިރިކަން އަޅުވާނީ މާޗު މަހުގެ ހަތަރުވަނަ ދުވަހުއެވެ. މިދިޔަ އަހަރު އޮކްޓޫބަރު 22ގައި ނެެރުމަށް އަމާޒުހިފި މި ފިލްމު އޭރު އެޅުވޭ ގޮތެއް ނުވިއެވެ. ފިލްމުގެ ޓިކެޓް ވިއްކަން ފެށި ނަމަވެސް އެ ފަހަރު ފިލްމު އެޅުވޭގޮތް ނުވީ ފިލްމުމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށް ސީޒަން އޭރު ބުންޏެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އަދި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.

މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭއެކެވެ.

comment ކޮމެންޓް