ފިލި ގައިދީ ހުޅުމާލެއިން ހައްޔަރުކޮށްފި

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަތަނުން ހޮސްޕިޓަލް ތެރެއިން މިއަދު ފިލި، ގައިދީ ހޯދައިފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ފިލާފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އައިސަރު ނަސީމް، 24 އަހަރެވެ. ކަރެކްޝަންސްއިން ބުނި ގޮތުގައި އޭނާ ފިލީ މިއަދު ހެނދުނު 8:24 އެހާކަންހާއިރު އެވެ.

ކަރެކްޝަންސްއިން ބުނީ އައިސަރު ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށެވެ. އޭނާ ހައްޔަރުކޮށް، އަލުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނައީ، މިއަދު މެންދުރު 2:10ގަ އެވެ.

އައިސަރު ހޯދުމުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުކުމަށް ކަރެކްޝަންސްއިން ވަނީ ޝުކުރުއާދާކޮށްފަ އެވެ. އަދި އޭނާ ފިލީ ކިހިނެއްތޯ ބަަލަމުންދާ ކަމަށް މިއަދު ކަރެކްޝަންސްއިން ބުނެފައިވެ އެވެ.

comment ކޮމެންޓް