"ޖުންދު" ރިލީޒްކުރާ ތާރީހް ހާމަކޮށްފި

ޖުންދުގެ ޕޯސްޓަރެއް---

ނާގްރާޖް މަންޖޫލޭ ޑައިރެކްޓްކޮށް ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަން ލީޑު ރޯލު ކުޅޭ ފިލްމު "ޖުންދު" ގެ ޓީޒާ އެއް ދައްކައި ފިލްމު ރިލީޒްކުރާ ތާރީޙު އިއުލާންކޮށްފިއެވެ.

މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ ފިލްމުގެ ޓީޒާ ސޯޝަލް މީޑީއާ އަށް ހިއްސާކޮށްފައެވެ. އަމީތާބުގެ އެ ފިލްމު މިހާރު ރިލީޒްކުރާނީ އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ.

މި ފިލްމު ކުރިން އަޅުވަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް ފިލްމު އެޅުވުން މިއަހަރުގެ އޮކްޓޯބަރު މަހަށް ފަސްކުރިއެވެ. ނަމަވެސް މިހާރު އޮތް ގޮތުން ފިލްމު އަޅުވާނީ މެއި މަހުގައެވެ.

ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓީޒާ އެއް އާންމުކޮށްފައިވާއިރު މިހާރު ވަނީ ޖުންދުގެ ޕޯސްޓަރެއް ވެސް އާންމުކޮށްފައެވެ.

comment ކޮމެންޓް