މަގާމުން ވަކިކުރީ ރޭވުމެއްގެ ދަށުން ކަމަށް މުނާޒް ތުހުމަތު ކުރައްވައިފި

މާފުށީ ޖަލުގައި ހިންގި ހަމަލާތަކަކާ ގުޅިގެން ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ނޫސްވެރިންނަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގާމުން ވަކިކުރީ ރޭވުމެއްގެ ދަށުން ކަމަށް މިއަދު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުން ވަކިކުރެއްވި އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މަގާމުން ވަކިކުރެއްވުމާ ގުޅިގެން މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ކަރެކްޝަންސްގައި ހުންނެވި އިރުގައި ޖަލު ހިލުވާލަން ކޯލިޝަނާއި ކޯލިޝަނުގެ ބޭރުން ގުޅިގެން "ކުޅިގަނޑެއް" ކުޅުނު ކަމަށެވެ.

ނަމަވެސް އެ ކުޅިގަނޑު ކާމިޔާބު ނުވުމުން މިއަދު ވަޒީފާއިން ވަކި ކުރެއްވި ކަމުގެ ތުހުމަތު ވަނީ މުނާޒު ކުރައްވާފައެވެ.

"ކުޅިގަނޑު ކާމިޔާބު ނުވުމުން އަޅުގަނޑު ވަޒީފާއިން ވަކި ކުރުމަކީ އަޅުގަނޑަށް ލިބުނު ކާމިޔާބީއެއް،" އޭނާ ވިދާޅުވިއެވެ.

މުނާޒު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން ވަކި ކުރެއްވުމަށްފަހު އެ މަގާމަށް ހަމަޖައްސާފައި ވަނީ، ރ. ކަނދޮޅުދޫ، ރިހިތަޅާގެ، އަހްމަދު މުހައްމަދުފުޅު،31، އެވެ.

މިހާރު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަނުކުރައްވާފައިވާ އަހުމަދު މުހައްމަދުފުޅަކީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ކުރީން ހުންނެވި ބޭފުޅެވެ.

comment ކޮމެންޓް