ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ރ. ރަސްގެތީމަށް ވެލި ބަރުކޮށްގެން ދިޔަ ދޯންނެއް ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަޑްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:45 ކަމަށެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ހަތަރު މީހަކު ތިބިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހުންނެވެ.

ފުލުހުން ބުނީ ދޯނި އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ދޯނީގައި ތިބި ހަތަރު މީހުން މިހާރު ރަސްގެތީމަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް