ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ

އއ. މާޅޮސް -- ފޮޓޯ: ރަންފަރު

އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި އަންހެން ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސަފާރީއަކުން ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:45 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ ޖަރުމަނު އަންހެނެއް ކަމަށެވެ.

އަދި އޭނާ މާޅޮހު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް