ގޭމް އޮފް ތްރޯންސްގެ ސްޕިން އޮފް 2022ގައި

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަނުން މަންޒަރެއް --- ފޮޓޯ : އެޗްބީއޯ

ޓީވީ ތާރީހުގައި މިހާތަނަށް އެޅުވި އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ގޭމް އޮފް ތްރޯންސް"ގެ ސްޕިން އޮފް ސީރީޒް 2022ގައި ދައްކަން ފަށާނެ ކަމުގެ އިޝާރާތެއް އެޗްބީއޯއިން ކޮށްފި އެވެ.

މިދިޔަ އަހަރު ނިމިގެން ދިޔަ ގޭމް އޮފް ތްރޯންސްއާއެކު އެޝޯގެ ސީކުއެލް އެއް ނުވަތަ ސްޕިން އޮފް އެއް ނެރޭނެ ކަމަށް ފޭނުން އުއްމީދު ކުރެ އެވެ.

ގޭމް އޮފް ތްރޯންސްގެ ސްޕިން އޮފް ދެ ސީރީޒް އެއް ހެދުމަށްޓަކައި ކުރީން ވަނީ އެޗްބީއޯއިން ހުއްދަ ދީފަ އެވެ. ނަމަވެސް މިދިޔަ މަހުގައި އެޗްބީއޯ އިން ވަނީ ގޭމް އޮފް ތްރޯންސްގެ ސީކުއެލްގެ ޕައިލެޓް އެޕިސޯޑެއް ކެންސަލު ކޮށްލާފަ އެވެ. އަދި އެ ޕައިލެޓް އެޕިސޯޑުގެ ޝޯ ނުދައްކާނެ ކަމަށް ބުނެފަ އެވެ.

އެޗްބީއޯގެ އިސް މަގާމެއްގެ ބޭފުޅެއް ވިދާޅުވިގޮތުގައި މިހާރު ދެއްކުމަށް ހަމަޖެހިފައި ވަނީ "ހައުސް އޮފް ޑްރެގަންސް" ނަމަކަށް ކިޔާ ޝޯއެކެވެ. އެ ޝޯ 2022ގެ ތެރޭގައި ދައްކަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ފަށާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

"ހައުސް އޮފް ޑްރެގަންސް" ބިނާކޮށްފައި ވަނީ ގޭމް އޮފް ތްރޯންސް އޮރިޖިނަލް ޝޯގެ 300 އަހަރު ކުރިއަށެވެ.

comment ކޮމެންޓް