ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަނީ

ސީއެޗްއެސްސީއީ އިމާރާތް--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މަތީ ސާނަވީއަށް ކިޔަވައިދެމުންނަ އަންނަ މާލޭގެ ސްކޫލް ސެންޓަ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާކުރަން ފަށައިފިއެވެ.

ހުޅުމާލެއަށް އެ ސްކޫލް ބަދަލުކުރަން ނިންމިއިރު ދާދި ފަހުން ސީއެޗްއެސްސީ މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އާ އިމާރާތެއް އެޅުމަށް ދާދި ފަހުން ރަޝީދު ކާޕެންޓްރީއާ ވަނީ ހަވާލުވެސްކޮށްފައެވެ. އާ އިމާރާތް ހެދުމަށް އެތަނުގެ ބާ އިމާރާތް މިހާރު ވަނީ ތަޅާވެސްލައިފައެވެ.

ނަވާރަ ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް އެ ކުންފުންޏާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުކުރީ 33.4 މިލިއަން ރުފިޔާ އަށެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ސީއެޗްއެސްސީ ހުންނަ ލިލީމަގު ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެެހެންކަމުން އެ މަގު ބޮޑުކުރުމުން ސީއެޗްއެސްސީން ބައެއް ގެއްލޭނެއެވެ

"ސަން"އަށް އެނގިފައިވާ ގޮތުގައި ސީއެޗްއެސްސީއަށް ހުޅުމާލެއަށް ބިމެއް ދިނުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ސީއެޗްއެސްސީ އެންމެ ފުރަތަމަ ވުޖޫދަށް އައީ 1979 ވަނަ އަހަރުއެވެ. ނަމަވެސް އެންމެ ފުރަތަމަ ހިންގީ ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައެވެ. ނަމަވެސް ފަހުން 2001 ވަނަ އަހަރު އެތަނުގެ ނަން މިހާރުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

ސީއެޗްއެސްއީގައި މިހާރުވެސް 1،100 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރަން ނިންމިއިރު ދަރުމަވަންތަ ސްކޫލް މާލޭ ޖަލު ހުރި ސަރަހައްދަށް ބަދަލުކުރަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިއަހަރު ގްރޭޑް 10 އަކުން ދަށަށް ކިޔަވައިދޭން ހުޅުމާލޭގައި އާ ސްކޫލްއެއްވެސް އަޅާނެއެވެ.

comment ކޮމެންޓް