މަސްތުވާތަކެއްޗާއެކު ނ. މާޅެންދޫން ހައްޔަރު ކުރި އެރަށު ސްކޫލުގެ ޕްރިންސިޕަލްގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
އިއްޔެ މެންދުރުފަހު ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރު ކުރީ ފަސް ގްރާމް މަސްތުވާތަކެއްޗާއެކު އެކުއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށް ކަން ވަނީ އެނގިފައެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ލަންދޫ ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ޔޫސުފް އާދަމް ހުންނަތާ މިހާރު ތިން އަހަރު ވެއްޖެއެވެ.