އެމްޕީއެލްއިން 10 ކޮމްޕިއުޓަރު ސިސްޓަމް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިި

އެމްޕީއެލްއިން އެޑިއުކޭޝަންއަށް ކޮމްޕިއުޓާ ސިސްޓަމްތައް ހަދިޔާ ކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން 10 ކޮމްޕިއުޓަރު ސިސްޓަމް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

މިއަދު މެންދުރު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިސްޓަމްތައް ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން މި ސިސްޓަމްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. އާއިޝަތު ޢަލީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ސިސްޓަމްތައް ހަދިޔާ ކުރާނީ ރާއްޖޭގައި އެންމެ ބޮޑަށް ބޭނުންޖެހިފަިއވާ ސްކޫލްތަކަށް ކަަމަށެވެ.

ދާދި ފަހުން އެމްޑަބްލައިއުއެސްސީއިންވެސް ވަނީ އެކުންފުނިން ހިންގާ ސީއެސްއާރު ޕްރޮޖެކްޓްއެއްގެ ދަށުން 10 ކޮމްޕިއުޓާ ސިސްޓަމް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ސްކޫލްތަކުގައި ހަމަހަމަ ވަސީލަތްތަކެއް ގާއިމްކުރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

މިހާރުވެސް ބައެއް ސްކޫލްތަކުގައި ޓީޗަރުންނަށް ކޮމްޕިއުޓަރާ ގުޅޭ މަސައްކަތްތައް ކުރުމުގައި އެކަށީގެންވާ ވަސީލްތައް ނެތްކަމުގެ ޝަކުވާ އަތޮޅުތަކުގެ ސްކޫލްތަކުން ކުރެއެވެ.

comment ކޮމެންޓް