ރީފްސައިޑުން އައިވާ ބްރޭންޑުގެ ޓީވީ ރާއްޖެއަށް

ޖަޕާނުގެ "އައިވާ" ބްރޭންޑުގެ ސްމާޓް ޓީވ ތައާރަފު ކުރުން -- ސަން ފޮޓޯ

ޖަޕާނުގެ "އައިވާ" ބްރޭންޑުގެ ސްމާޓް ޓީވީ ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފިއެވެ.

ރީފްސައިޑުން ބުނީ އައިވާ އަކީ ކޮލެޓީ ބްރޭންޑެއް ކަމަށާއި ރީފް ސައިޑުން ވިއްކީ ކޮލެޓީ ބްރޭންޑުތަކާ އަޅާ ކިޔާއިރު އައިވާ އަކީ ކަސްޓަމަރުންނަށް ކަމުދާނެ ބްރޭންޑަކަށް ވާނެ ކަމަށެވެ.

ރީފްސައިޑުން ވަނީ އައިވާގެ ހަތަރު ރޭންޖެއްގެ ޓީވީ ތައާރަފުކޮށްފައެވެ. އެއީ 49 އިންޗީގެ އިތުރުން 50 އިންޗި، 55 އިންޗި އަދި 75 އިންޗީގެ ޓީވީ އެވެ.

އައިވާ ބްރޭންޑުގެ ޓީވީ އަކީ ޕިކްޗާ ކޮލެޓީގެ އިތުރުން އަޑުގެ ކޮލެޓީވެސް ރަނގަޅު ޓީވީއެއް ކަމަށް ރީފްސައިޑުން ބުންޏެވެ. އިންޓްރޮޑަކްޓަރީ ޕްރޮމޯޝަނެއްގެ ދަށުން ރީފްސައިޑުން މި ޓީވީތައް ވިއްކަނީ މިހާރު ބާޒާރުގައި ހުރި ޓީވީ ބްރޭންޑުތަކާ އެއް ހަމައެއްގައެވެ.

ސްމާޓް ފީޗާތައް އެކުލެވޭ، އަލްޓްރާ އެޗްޑީ 4ކޭ މި ޓީވީ ތަކަށް ރީފްސައިޑުން ދެ އަހަރުގެ ވޮރެންޓީވެސް ދެއެވެ.

ނަވާރަސަތޭކަ ފަންސާސް އެއްވަނަ އަހަރުން ފެށިގެން ޖަޕާނުގައި ހަރަކާތްތެރިވާ އައިވާ އަކީ އެންމެ ފުރަތަމަ ޖަޕާނުގައި ކެސެޓް ޓޭޕް ރިކޯޑަރު އުފެއްދި ކުންފުންޏެވެ. އެކުންފުނީގެ ޓީވީ ތަކަކީ ލޯ ނޯޓުގެ އަޑުވެސް ސާފު، ކުލަ ރީތި ޓީވީ އެކެވެ.

comment ކޮމެންޓް