ރީފްސައިޑް އަހަރީ ބޮޑު ސޭލްގެ ނަސީބުވެރިން ހޮވައިފި

ރީފްސައިޑް އަހަރީ ބޮޑު ސޭލްގެ ނަސީބުވެރިން ހޮވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސް ސަތާރަ ވަނަ އަހަރު ނިމުމާ ދިމާކޮށް ރީފްސައިޑުން ކުރިއަށްގެންދިޔަ އަހަރީ ބޮޑު ސޭލް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ރީފްސައިޑްއިން އެ ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަހަރީ ބޮޑުސޭލްގެ ނަސީބުވެރިން ހޮވާފައިވަނީ މިއަދު ރީފްސައިޑް ލައިފްސްޓައިލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ރީފްސައިޑްގެ ފިހާރަތަކުން ވިޔަފާރިކޮށް ގުރުއަތުގައި ބައިވެރިވެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު މީހުންނަކީ:

އެއްވަނަ އިނާމް: މުހައްމަދު ޝުހައިލް

ދެވަނަ އިނާމް: އަޖޭ ކުމާރް

ތިންވަނަ އިނާމް: ގްރޭސް ވާކްލިން

އެ ޕްރޮމޯޝަންގެ އެއްވަނަ އިނާމްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިޓިޒަން ބްރޭންޑްގެ ދެ ޖިންސްގެ ދެ ގަޑިއާއި އަދާރަން ސެލެކްޓް ހުދުރަން ފުށީގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތެވެ. ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ، ވާލްޕޫލް ބްރޭންޑްގެ ހޯމް އެޕްލަޔަންސް ބަންޑްލް ޕެކް އެކެވެ. އަދި ތިންވަނަ އިނާމްގެ ގޮތުގައި ކަނޑައަލާފައިވަނީ، ތައިޔޮ ބްރޭންޑްގެ ހޯމް އެޕްލަޔަންސް ބަންޑްލް ޕެކެކެވެ.

ރީފްސައިޑް އަހަރީ ބޮޑު ސޭލް ޕްރޮމޯޝަންގެ ތެރެއިން ކުރިއަށްގެންދިޔަ ދެ ހަރަކާތުގެ ނަސީބުވެރިން ހޮވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕްރޮމޯޝަންގެ ތެރެއިން ރީފްސައިޑުން ކުރިއަށްގެންދިޔަ ދެ ހަރަކާތުގެ ނަސީބުވެރިންވެސް މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ ހޮވާފައެވެ. އަދި މިއަދު ހޮވި ހުރިހާ ނަސީބުވެރިންނަށް ލިބޭ އިނާމް އެ މީހުންނާ ގުޅުމަށްފަހު ހަވާލުކުރާނެކަމަށް ރީފްސައިޑުން ބުންޏެވެ.

ރީފްސައިޑުން ބުނީ ކުރިއަށް އޮތްތާގައިވެސް މިފަދަ ޕްރޮމޯޝަންތަކެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ވޯލްޑްކަޕް ޕްރޮމޯޝަނާއި ރޯދަ ޕްރޮމޯޝަންވެސް ހިމެނޭކަމަށް ރީފްސައިޑުން ބުންޏެވެ.

comment ކޮމެންޓް