ކުޅުދުއްފުށީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ ހޮވައިފި

ކުޅުދުއްފުށި ސިޓީ: އެ ސިޓީގެ އިންތިހާބީ ހަ ދާއިރާ މިރޭ ވަނީ ކަނޑައަޅައިފައި -- ފޮޓޯ/ ޕީއެސްއެމް

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި، އެ ސިޓީ ކައުންސިލަށް އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ އިލެކްޝަންސް ކޮމިޝަނުން ގުރުއަތުން ހޮވައިފިއެވެ.

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އެ ސިޓީގައި ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ:

  • ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
  • ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
  • ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
  • ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
  • ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
  • ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)

އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާ އެވެ.

ކުޅުދުއްފުށި ސިޓީއަކަށް ހަދަން ނިންމައި ޖެނުއަރީ އެކަކުން ފެށިގެން އެއީ ސިޓީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ އެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު އެ ސިޓީގެ އާބާދީ އަކީ 10،210 ކަމަށް މިރޭ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް