"ހެޕީ ހާޑީ އެންޑް ހީރު"ގެ ޓްރެއިލާ މިއޮތީ!

ފިލްމުގެ ޓްރެއިލާ ވަނީ މިހާރު އާންމުކޮށްފައި---

ބޮލީވުޑްގެ މިއުޒިކް ޑައިރެކްޓަރު، ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހިމޭޝް ރޭޝަމިއާ ކުރިއަށް އޮތް ފިލްމު "ހެޕީ ހާޑީ އެންޑް ހީރު"ގެ ރަސްމީ ޓްރެއިލާ އާންމުންނަށް ދައްކާލައިފިއެވެ.

މި މަހު 31 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ އަންހެން ލީޑަކީ ސޯނިއާ މަންއެވެ. އޭނާ ލީޑް ރޯލުން ފެނިގެންދާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.

ކުރިން އެ ފިލްމު ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގައެވެ. ނަމަވެސް ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ވަރުގަދަކުރުމަށް އެ ފިލްމު ފަސްކުރިއެވެ. މި ފިލްމުގައި އާމްދަނީ ހޯދުމަށް ރޭލު ސްޓޭޝަންތަކުގައި ލަވަކިޔާ ރާނޫ މޮންޑާލްގެ ލަވަ އިވިގެންދާނެއެވެ.

ރާނޫ ސްޓޭޝަނުގައި ކީ ލަވައަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ "އެކް ޕިޔާރު ކަ ނަގްމާ ހޭ"އެވެ.

މި ފިލްމަކީ ހިމޭޝް ޑަބަލް ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމު މިމަހު 31 ވަނަ ދުވަހު ރިލީޒްކުރާއިރު، ހަމަ އެ ދުވަހު ސައިފް އަލީ ޚާންގެ ޖަވާނި ޖާނެމަންވެސް ރިލީޒުކުރާނެއެވެ.

comment ކޮމެންޓް