Ooredoo
Ooredoo

ޑރ. ޝަހީމްގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވައިފި

ތިނަދޫ ޕީޕީއެމްގެ ސަޕޯޓަރުން ޑރ. ޝަހީމަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/ ޕީޕީއެމް

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހުގީގަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެ ކޮމިޝަނުން ފުލުސް އޮފީހަށް ފޮނުވައިފިއެވެ.

Ooredoo

އެ ކޮމިޝަނުގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ ޑރ. ޝަހީމްގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް ލަފާދިނުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޑރ. އަފްރާޝީމް ދީނުގެ ބައެއް ހުކުމްތަކާ މެދު ދެކޭ ގޮތުގެ ސަބަބުން، ދީނީ ހައްދުފަނައަޅާފައިވާ މީހުން އޭނާ ދެކެ ރުޅިއަ އެވެ. އަދި އޭނާއަށް އެކި ފަހަރު މަތިން ގޯނާ ކުރި އެވެ. އޭނާ އަވަހާރަކޮށްލީވެސް ދީނީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް ކޮމިޝަނުގެ ރިޕޯޓުގައިވެ އެވެ.

"ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފިނަމަ، ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ"ކަމަށް ބުނެ ޑރ. ޝަހީމަށް މީހަކު ފޮނުވި މެސެޖެއް އޭނާ އަފްރާޝީމަށް ފޯވާޑު ކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ޑރ. ޝަހީމަށް އެ މެސެޖު ފޮނުވީ ކޮން ފަރާތަކުންތޯ ކޮމިޝަނުން އެހުމުން އެ މެސެޖު ފޮނުވީ ކާކުކަން ހަނދުމަފުޅު ނެތްކަމަށް ވިދާޅުވެ އެ މެސެޖު ޑރ. ޝަހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާކަމަށެވެ.

ޖުލައި، 28، 2019 ގައި ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް، ޑރ. ޝަހީމްއާއި ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ވަރަކަށް ޝަހީމް އެދިވަޑައިގެން ނޫން ކަމަށް ޝަހީމް ކޮމިޝަނަށް ވިދާޅުވެފައިވެ އެވެ. އެކަމަކު، ދެފަރާތުގެ ދެމެދުގައި އެދުވަހު އެސްއެމްއެސްއިން ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެދުވަހު މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ޑރ. އަފްރާޝީމް ވަޑައިގަތުމަށް ދެންނެވީ މިނިސްޓަރު ޑރ. ޝަހީމްކަން އެނގެން އޮންނަ ކަމަށް ރިޕޯޓުގައިވެ އެވެ.

އޮކްޓޫބަރު އެއްވަނަ ދުވަހުގެ ރޭ ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމަށް އެރުމަށް ސީދާ އެދިލެއްވީ އޭނާއަށް އެ ޕްރޮގްރާމަށް އެރޭނެކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގޭކަމަށް ޑރ. ޝަހީމް ކޮމިޝަނަށް ވިދާޅުވެފައިވެ އެވެ. އެކަމަކު، ރިޕޯޓުގައި ބުނެފައި ވަނީ، ޑރ. އަފްރާޝީމް ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިންވެސް އެ ދެބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމަށާއި، ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީވެސް ޝަހީމް ކަމަށެވެ.

އެ ޕްރޮގްރާމަށް އަރަން ޑރ. އަފްރާޝީމް ބޭނުންވެވަޑައިގަތީ ކީއްވެގެންކަން ނޭނގޭކަމަށް ޑރ. ޝަހީމް ވިދާޅުވި ނަމަވެސް އެއީ ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވެ އެކަން އާންމުކޮށް އިއުލާނުކުރުމަށްކަން ޑރ. ޝަހީމަށް އެނގިވަޑައިގެންފައި ވާކަމަށްވެސް ރިޕޯޓުގައިވެ އެވެ. އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ، އޭގެ އަނެއް ދުވަހު އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައިދެއްވަން ޑރ. ޝަހީމް ހުށަހަޅުއްވާފައިވާކަންވެސް ދެފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކުން ސާފުވާކަމަށް ރިޕޯޓުގައިވެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަައިގެ ރިޕޯޓާ ގުޅިގެން ޑރ. ޝަހީމަށް ފިޔަވަޅު އަޅަން ފާސްކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮފިން އަޑީގައި ތިބެގެން ކަމަށް ކޮމިޝަނުން ބުނެ އެވެ. އަދި އޭނާ މަރާލަން ކޮންޓްރެކްޓެއްގެ ގޮތުގައި ހަވާލު ކުރީ މާލޭގައި ކުށް ކުރާ ގޭންގަކާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އަލްގައިދާ ޖަމާއަތުން ޑރ. އަފްރާޝީމް މަރާލީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ. އެއީ މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެނުންގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ އަޑީގައިވާ ކަމަށް ބުނާ، ރާއްޖޭގެ އަލްގައިދާގެ ގޮފީގެ ދެ ލީޑަރުން ކަމަށްވާ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށްވެސް އިއްޔެ މަރު ކޮމިޝަނުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

Redstar
comment ކޮމެންޓް

comment އަޙްމަދް

5 year 3 month ago

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހުގީގަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެ ކޮމިޝަނުން ފުލުސް އޮފީހަށް ފޮނުވައިފިއެވެ. ވަރަށް ރަނގަޅު ނިއްމުމެތް.

comment ޢަހުމަދު ކާމިލް

5 year 3 month ago

ޑރ އަފްރާޝީމް ގަތުލު ކޮއްލިތާ މާގިނަ ދުވަހެއް ނުވަނީސް އެކަން ކުރި މީހުން ރާއްޖެއިން ބޭރަށް ގޮސްފިކަމަށް ބުނި ގ ކެނެރީގޭ މުހައްމަދު ނަޝީދު ގެ ބަޔާން ތިޔަ ރިޕޯޓުގައި ވޭތޯ؟ އެންޑީޕީގެ ލީޑާޝިޕުން ކުޅޭ ކުޅިގަނޑު ނޭގޭ މީހެއް ނެތް. ޢިންތިހާބު ކާރިވީ ވަގު ޔާމީން ޢިތުރަށް ކާރިވީ ހައްގު މިންވަރު އިތުރަށް ކާރިވީ ޖުޑިޝަރީ އިސްލާހުކުރުން އިތުރަށް ކާރިވީ އިންސާފުގެ ދަތުރު އިތުރަށް ކާރިވީ ޖަޒީރާ ތަރައްޤީ ޢިންތިހާބު ކާމިޔާބުވީ ބަޖެޓް ނެތް މަޖިލިސް ކާމުޔާބުވީ އަނދިރި ދައުލަތް މިހެންގޮސް އެތަށް ސުލޮގަންއެއް. ގިނަވާނީ ދޮގު އަދި އުފައްދާނީ ފިތުނަ

comment ސަޢީދު

5 year 3 month ago

"މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެނުންގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ." މި ޢިބާރަތަކީ މީހަކު ނުވަތަ ބަޔަކު ސީދާ ފްރޭމް ކުރުމަށް ބޭނުންކުރަން ބޭނުންކޮށްފައިވާ ޢިބާރާތަކާއި ވައްތަރީ..ސަބަބަކީ ޝަހީދު އަފްރާޝީމަށްވުރެ މާބޮޑަށް ރ.މައުމޫން ދެކެ ރުޅިއައިސްގެން މީހުން ވާހަކަދެއްކި ތިފަދަ މައްސަލަތަކުގައި.. އެކަމަކު މީހަކު މާރާލަން ޖެހޭ ވަރުގެ ކަމަކަށް ތި ބަހަނާ ޤަބޫލު ނުކުރެވޭނެ. ތިއުޅެނީ ސިޔާސީ ކަމެއް ފޮރުންވަންކަން ކަށަވަރު!

comment ޣަނި

5 year 3 month ago

ކެނެރީގޭ ނަސީދުއަށް އެންމެ ފާޅުގަ އެވާހަކަ ދެއްކި އޭނައަށް ކަމުގެ ހަގީގަތް އެގޭނީވެސް ކިހާ ދެރަކަމެއް

comment ސިދާތާ ބިންޔާމިން

5 year 3 month ago

ވެރިކަން ވެއްޓެން ވ ވ ގާތް ވެއްޖެ.

comment ކުރުނބާ

5 year 3 month ago

މިހާރުނޫހުގަ މިސަހީމު މާވަރަކަށް މި ޕްރޮމޯޓުކުރަނީ މިހެންވެ މިކަންތައްތައް އޮއްބާލަންތަ؟

comment އަހްމަދު

5 year 3 month ago

ޑޮކްޓަރއަފްރާސީމް އަވަހާރަކޮށްލިމީހުން ޖެހިގެންއައިދުވަހު ފުރައިގެންގޮސްފައިވާކަމަށް ވިދާޅުވިބޭފުޅާޔާ ސުވާލުނުކުރެއްވީ ކީއްވެގެންތޯ ތަހުގީގުކޮށްބަލަންނުޖެހޭތޯ އެވެސްހަމަ އިންސާފުތޯ