ދީޕިކާ ޓިކްޓޮކްއާ ގުޅިއްޖެ

ދީޕިކާ ޕަދުކޯން

ކުރު ވީޑިއޯ ހަދާ އެޕްލިކޭޝަން "ޓިކް ޓޮކް" އާ ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން ގުޅިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ދީޕިކާ ޓިކްޓޮކް އާ ގުޅުނުއިރު އޭނާގެ އެންމެ ފުރަތަމަ ޓިކްޓޮކް ހެދީ ޓިކްޓޮކް ހެދުމަށް މަޝްހޫރު އިންޑިއާގެ ދެ ތަރިން ކަމަށްވާ ރިޔާޒް އާ އަވޭޒް އާއެކުގައެވެ.

އޭނާގެ ޓިކްޓޮކް އެކައުންޓަށް މިހާރު 3.3 މިލިއަން މީހުން ފޮލޯ ކުރެއެވެ. ދީޕިކާގެ ޓިކްޓޮކްތަކުގައި ލަކްޝްމީ އަގަރްވާލް ވެސް ހަރަކާތްތެރިވެފައިވެއެވެ. އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ "ޗަޕާކް" ރިލީޒްކުރާނީ މި މަހު 10 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދަނީ އެ ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތެވެ.

ޓިކްޓޮކް އެޕްލިކޭޝަން އަކީ ޒުވާނުންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ގިނަ ދިވެހިން ވެސް ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ.

ދާދިފަހުން ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ވެސް ވަނީ ޓިކްޓޮކް އާ ގުޅިފައެވެ. ގިނަ ބޮލީވުޑް ތަރިންތަކެއްވެސް މިހާރު އަންނަނީ ޓިކްޓޮކް ބޭނުންކުރަމުންނެވެ.

comment ކޮމެންޓް