އެންމެ ބޮޑު ދެ ޕާޓީ އިން މެންބަރުން މަދުވެއްޖެ

މަޖިލީހުގެ ކޮމެޓީއެއްގައި އިލެކްޝަންސްގެ މެންބަރުން -- ފޮޓޯ: އިލެކްޝަންސް

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މެންބަރުން އެންމެ ގިނަ ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އަދި އެމްޑީޕީ އިން މެންބަރުން މަދުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ 54،101 މެންބަރުންނެވެ.

މި އަހަރުގެ މެއިމަހު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 54،302 މެންބަރުން ތިއްބެވެ. ނޮވެމްބަރު މަހުގެ 24 ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 53،695 އަށް މަދުވެފައެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ތިބީ 36،073 މީހުންނެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 38،020 އެވެ. ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ނޮވެމްބަރު 24ގެ ނިޔަލަށް 36،833 މެންބަރުން ތިއްބެވެ.

ޖޭޕީގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ތިބީ 11،072 މީހުންނެވެ. އެމްޑީއޭގެ މެންބަރުންގެ ގޮތުގައި ތިބީ 8506 މީހުންނެވެ. އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދަަކީ މިދިޔަ މަހުގެ ނިޔަލަށް 6789 އެވެ.

މިދިޔަ މަހުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ ގޮތުގައި 4221 މީހުން ތިބި އިރު އެމްޓީޑީގެ މެންބަރުންގެ ގޮތުގައި 3279 މެންބަރުން ތިއްބެވެ. އެމްއެސްއެލްޑީޕީގެ މެންބަރުންގެ ގޮތުގައި 2977 މީހުން ތިބިއިރު އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި ތިބީ 2851 މީހުންނެވެ.

މި މުއްދަތުގެ ނިޔަލަށް ޖޭޕީގެ 1163 މެންބާޝިޕް ފޯމު ޕްރޮސެސް ނުކޮށް ހުރި ކަމަށާއި ޕީޕީއެމްގެ އަދި އެމްއާރުއެމްގެ 232 ފޯމެއްވެސް ޕްރޮސެސް ނުކޮށް ވާކަމަށް އިލެކްޝަންސް އިން ބުންޏެވެ.

ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވާއިރު އިތުރު ޕާޓީތައް ރަޖިސްޓްރީ ކުރަން ވަނީ ހުއްދަ ދީފައެވެ.

comment ކޮމެންޓް