ޖަލު އޮފިސަރުންނަށް ގައިދީން އަނިޔާކުރޭ، ފިޔަވަޅު އަޅާނަން: މުނާޒު

ކޮމިޝަނަރާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލު އޮފިސަރުންނަށް ގައިދީންގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ކޮމިޝަނާ އޮޕް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިންގި ކަމަށް ބުނެ އަޑު ފެތުރިފައިވަނިކޮށް މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.

"އެކަން ކުރާ މީހުންނަށްވެސް ހެޔޮ ވިސްނައިދީ، އިސްލާހުކޮށް، ރިހިބިލިޓޭޓުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔެއްގެ ގޮތުގައި ޖަލުން ނެރެ، އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސްގެ އަމާޒު،" ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވި އެވެ.

މުނާޒު ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައްވެސް ކެތްތެރި ކަމާއެކު އަޅަމުން ގެންދާނެ ކަމަށެވެ.

އިއްޔެ މާފުށީ ޖަލުގެ ޔުނިޓު ހަތަރެއްގައި ހަމަނުޖެހުން ހިންގައި ޖަލު އޮފސަރުންނަށް ހަމަލާދީފައިވާކަމަށް އެނގިފައިވެއެވެ.

https://sun.mv/129723

މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީ އަކު ވަނީ ޖަލު އޮފިސަރަކަށް ހަމަލާ ދީފައެވެ. އެ މައްސަލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށްވެސް ހާޒިރު ކުރިއެވެ.

comment ކޮމެންޓް