އާ އަހަރާ އެކު މޯލްޑިވް ގޭހުގެ ލުއި ފުޅިއަށް ބަދަލުކޮށްލަން ހިނގާ

އާ އަހަރާ ދިމާކޮށް މޯލްޑިވް ގޭހުން ހާއްސަ ޕްރޮމޯޝަނެއް ---

އާ އަހަރާ ދިމާކޮށް މޯލްޑިވް ގޭހުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދަގަނޑު ގޭސްފުޅި، ލުއި ފުޅިއަށް ބަދަލުކުރުމަށް ހާއްސަ މި ޕްރޮމޯޝަނުގައި ދަގަނޑު ގޭސްފުޅި ލުއި ފުޅިއަށް ބަދަލު ކުރުމަށް ޗާޖް ކުރާނީ 795 ރުފިޔާ އެވެ.

މޯލްޑިވް ގޭހުން ބުނީ ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލު ކުރަން ބޭނުންވާ ކަސްޓަމަރުން މޯލްޑިވް ގޭހުގެ ހޮޓްލައިން 1616 އަށް ގުޅުމުން ދަގަނޑު ފުޅި ބަދަލު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މޯލްޑިވް ގޭހުން މަސައްކަތް ފަށާފައިވަނީ އެ ކުންފުނިން ގޭސް ފޯރުކޮށްދޭ ހުރިހާ ކަސްޓަމަރުންވެސް ލުއި ފުޅި ބޭނުން ކުރުމަށް ބާރު އެޅުމަށެވެ. ލުއި ފުޅިއަކީ ދަގަނޑު ގޭސްފުޅި އަށް ވުރެ ރައްކާތެރި، ގޭސް ހުންނަ މިންވަރު އެނގޭނެ ފުޅިއެކެވެ.

މޯލްޑިވް ގޭހުން ރާއްޖެއަށް ލުއިފުޅި ތައާރަފު ކުރީ 2014 ވަނަ އަހަރުއެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން ލުއިފުޅި އަށް ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް