ބްރޯޑްކާސްޓިން ދާއިރާ އިން މޮންދު ރިޓަޔާ ކުރައްވައިފި

މޮންދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ދާއިރާގެ ތަޖުރިބާކާރު މުހައްމަދު އާސިފް (މޮންދު) ބްރޯޑްކާސްޓިންގެ ދާއިރާ އިން ރިޓަޔާ ކުރައްވައިފިއެވެ.

މޮންދު މިރޭ "ސަން" އަށް ވިދާޅުވީ 30 އަހަރު ވަންދެން ދާއިރާ އަށް ހިދުމަތް ކުރެއްވުމަށްފަހު ދާއިރާ އާ ދުރަށް ޖެހެން ނިންމަވާފައިވާ ކަމަށެވެ.

މޮންދުގެ ކެރިއަރު ފެއްޓެވީ 1991 ވަނަ އަހަރުއެވެ. ޓެލެވިޒަން މޯލްޑިވްސްގައި 23 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެތަނުން އިސްތިއުފާ ދެއްވާ މޮންދު ގުޅިވަޑައިގަތީ ވީ މީޑިއާ އާއެވެ. ޓީވީއެމްގައި މޮންދު އެންމެ ފަހުން އަދާކުރެއެއްވީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމެވެ.

ހަތް އަަަހަރު ވަންދެން ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވުމަށްފަހު މާދަމާ ރަސްމީކޮށް ރިޓަޔާކުރައްވާނެ ކަމަށް މޮންދު ވިދާޅުވިއެވެ.

މޮންދު ވަނީ މީޑިއާ ކައުންސިލްގެ ރައީސްކަންވެސް ކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް