210 ދަޅު ބިޔަރާއި، 42 ފުޅި ބަނގުރަލާއި އެކު މާފުށިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ހޯދި ބިޔަރު ދަޅުތައް-- ފޮޓޯ: ޕޮލިސް

ބަނގުރަލާއި ބިޔަރު ދަޅާއެކު ކ. މާފުށިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 19:20 ހާއިރު މާފުށި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދަނިކޮށް ބަނދަރުމަތީ ހުރި ބިދޭސީއަކަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރި އިރު އޭނާ އަތުން ހަތް ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ރޭ 21:35 ހާއިރު އޭނާ ދިރިއުޅޭ ގެ ފާސްކޮށް ބެލިއިރު އެކި ބްރޭންޑުތަކުގެ 42 ފުޅި ބަނގުރަލާ 203 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް