11 އަހަރަށް ފަހު ސައިފް އާއި ރާނީ އެކުގައި ސްކްރީނުން

ރާނީ އާއި ސައިފް --

ބޮލީވުޑްގެ ކާމިޔާބު އޮން ސްކްރީން ޖޯޑު ސައިފް އަލީ ހާން އާއި ރާނީ މުކަރްޖީ 11 އަހަރުން ފަހުން ސްކްރީނުން އެއްކޮށް ފެނުމަށް ތައްޔާރުވެއްޖެއެވެ.

ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ފިލްމު ހަމްތުމްގެ ޖޯޑު ސްކްރީނުން ފެނިގެންދާނީ "ބަންޓީ އޯރް ބަބްލީ" އިންނެވެ. ޔަޝްރާޖް އިން ގެނެސްދޭ އެ ފިލްމުގެ ލީޑު ތަރިންނަށް އެދެތަރިން ހަމަޖެއްސިކަން އެޓީމުން ވަނީ އިއުލާންކޮށްފައެވެ.

"ބަންޓީ އޯރް ބަބްލީ" ސީކުއަލެއް ގެނެސްދޭން ތައްޔާރުވަމުން އަންނައިރު ދެވަނަ ބައިގައި ފެނިގެން ދާނީ ފުރަތަމަ ފިލްމަށް ވުރެ ދިހަ އަހަރު ފަހުން ހިނގާ ކަންކަމެވެ.

ރާނީ އާއި ސައިފް މި ފިލްމުގެ ލީޑުން ފެނިގެންދާ ކަން ހާމަކުރީ އެ ފިލްމުގެ ޕޯސްޓަރަކާ އެއްކޮށެވެ. ވަރުން ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމު ސްކްރީނަށް އަންނާނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް