ޒުވާނުންނަށް ލީޑާޝިޕް ކޭމްޕަކާއި އިލްމުވެރިންނަށް ވޯކްޝޮޕްއެއް ބާއްވައިފި

އިލްމުވެރިންނަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން---- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު ލީޑާޝިޕް ކޭމްފާއި ޢިލްމުވެރިންނަށް ހާއްސަކޮށްގެން ވާކްޝޮޕެއް ބާއްވައިފި އެވެ.

މިިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ކުރިއަށް ގެންދިޔަ އިލްމުވެރިންގެ ހާއްސަ ވާރކްޝޮޕުގައި ކިޔަވާދެއްވީ ޑިރެކްޓަރު އޮފް ރިސަރޗް އެންޑް ޓްރެއިނިންގް، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއަރ ނޫރުއްދީން ލެމޫ އާއި ހެޑް އޮފް އައުޓްރީޗް އެންޑް އޮޕަރޭޝަންސް، ބަހްރެއިންގެ ޑިސްކަވަރ އިސްލާމް ސޮސައިޓީ މިސްޓަރު މުހައްމަދު ޒުހައިރު އެވެ.

ޖުމްލަ 18 އިލްމުވެރިން ވޯކްޝޮޕްގައި ބައިވެރިވި އިރު އާންމުންނާ ވާހަކަދައްކާނެ ގޮތްތަކާއި ކަންކަން ބަޔާންކޮށް ހުށަހަޅައިދޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ޢިލްމުވެރީންނާ ވަނީ ހިއްސާކޮށްފަ އެވެ. އޭގެ އިތުރުން ޒުވާނުންނަށް ދީނީގޮތުން ދިމާވާ ކްރިޓިކަލް މައްސަލަތައްކަށް ހައްލު ބަޔާންކޮށްދޭނެ ގޮތްތަކާއި އޭތީސްޓުން ކުރާ ބަހުސްތަކަށް ރައްދުދޭނެގޮތުގެ މައުލޫމާތު ވެސް ބައިވެރިންނާ ހިއްސާކުރިކަމަށް މިނިސްޓްރީން ބުންޏެވެ.

ހޮނިހިރު ދުވަހުން ފެށިގެން އާދިއްތައިގެ ނިޔަލަށް ކުރިއަށް ދިޔަ ޔޫތު ލީޑާޝިޕް ކޭމްޕްގައި ޖުމްލަ 63 ބައިވެރިން ބައިވެރިވިކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިލްމުވެރިންނަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން---- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެ ކޭޕްގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައި ވަނީ އިސްލާމްދީން ދެނެގަންނާނެ ގޮތާއި، ދިރިއުޅުމުގައި އަމިއްލަ ޒިންމާ ނަގައިގެން މަސައްކަތްކުރުމާއި، އަމިއްލަ ނަފްސުގެ މުހިއްމުކަމާ އެކު އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރާނެގޮތާއި، ޒުވާނުންނަށް ދީނީ ގޮތުން ދިމާވާ ހައްސާސީ މައްސަލަތައް ހައްލުކުރާނެގޮތްތަކާ ބެހޭ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ދިރިއުޅުމުގައި ދިމާވާ އިމްތިޙާނުތަކާއި ކުރިމަތިލާނެ ގޮތާއި ރޫހާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް މަސައްކަތް ކުރާނެ ގޮތްތަކާއި ދީނުގައި ހައްދުފަހަނަ އަޅައިދާ ކަންކަމާއި އެފަދަ މީހުންނަށް ދީނުގެ ސައްހަ މަޢުލޫމާތު ފޯރުކޮށްދޭނެގޮތްތައް ބައިވެރިންނަށް ބަޔާންކޮށްދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް