ދިވެހިންގެ އުއްމީދީ ޕާޓީ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފި

"ދިވެހިންގެ އުއްމީދީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުން -- ފޮޓޯ: އިލެކްޝަންސް

"ދިވެހިންގެ އުއްމީދީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދިވެހިންގެ އުއްމީދީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ މުހައްމަދު ސައީދު މ، ރީފްސައިޑް އަށް ކަމަށެވެ.

އިލެކްޝަނުން ދާދިފަހުން ވަނީ "ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ދީފައެވެ.

ޕާޓީ ހަދަން ހުއްދަ ދިނުމުން، ހުއްދަ ދިން ފަރާތުން ދެން ޖެހޭނީ 3000 މީހުންގެ ސޮއި ހަމަ ކުރާށެވެ. ސޮއި ހަމަ ކުރުމުން، ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަން ފުރުސަތު ދެވޭނެ އެވެ. އެ ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާ ނުވާ ނަމަ އީސީއިން ޕާޓީ ރެޖިސްޓްރީކޮށްދޭނެ އެވެ.

ރާއްޖޭގައި މިހާރު ރެޖިސްޓްރީކޮށްގެން ހިންގާ ޕާޓީތަކުގެ އަދަދަކީ ނުވަ އެކެވެ. މީގެ އިތުރުންވެސް ސިޔާސީ ޕާޓީތައް އުފެއްދުމަށް އިލެކްޝަންސް އިން ވަނީ ހުއްދަ ދީފަ އެވެ.

comment ކޮމެންޓް