އޮކްޓޫބަރުގެ އިންފްލޭޝަން 0.23 ޕަސެންޓް މަތިވެއްޖެ

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ އޮކްޓޫބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.23 ޕަސެންޓް މަތިވެފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.

އެ ބިއުރޯއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް 99.8 ޕަސެންޓުގައި ހުރުމަށް ފަހު، އޮކްޓޫބަރު މަހު އެ ރޭޓު ވަނީ 100 ޕަސެންޓަށް މަތިވެފަ އެވެ.

ވަކިވަކި ބައިތަކުގެ ތެރެއިން ކުލީގެ އަގުތައް ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު ވަނީ 0.9 ޕަސެންޓު އިތުރުވެފަ އެވެ.

މީގެ އިތުރުން މަހުގެ ބާވަތްތައް ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓު ހުރީ ސެޕްޓެމްބަރު މަހު ހުރި ވަރަށް، 99.8 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.

ނަމަވެސް މަހުގެ ބާވަތްތައް ނުހިމެނޭ ގޮތަށް ކާބޯތަކެތީގެ ބައިގެ އަގުތައް ސެޕްޓެމްބަރު މަހު 100.9 ޕަސެންޓުގައި ހުރުމަށް ފަހު، އޮކްޓޫބަރު މަހު 101.6 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

މި މުއްދަތުގެ ތެރޭގައި މާލެ އާއި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓަށް ވަކިން ބަލާ އިރު، މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 100.3 ޕަސެންޓްގަ އެވެ. އެއީ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު 0.44 ޕަސެންޓު އިތުރު އަދަދެކެވެ.

އަދި ސެޕްޓެމްބަރު މަހު އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް 99.7 ޕަސެންޓްގައި ހުރި އިރު، އޮކްޓޫބަރު މަހު އަތޮޅުތަކުގެ އިންފްލޭޝަން ރޭޓަށް އައިސްފައި ވަނީ 0.5 ޕަސެންޓުގެ އިތުރުވުމެކެވެ.

comment ކޮމެންޓް