ސާއިދުގެ ކާމިޔާބީއަށް ދިރާގުން އެއް ލައްކަ ރުފިޔާ ދީފި

ސާއިދުގެ ކާމިޔާބީ ފާހަގަކުރުމަށް ދިރާގުން ބޭއްވި ހަރަކާތް -- ފޮޓޯ: ދިރާގު

ސައުތު އޭޝިއަން ގޭމްސްގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އަށް ލިބުނު ކާމިޔާބީ ދިރާގުން ފާހަގަކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދަކީ ސައުތު އޭޝިއާން ގޭމްސްގެ 35 އަހަރުގެ ތާރީހުގައި ރާއްޖެއަށް އެ މުބާރާތުން ރަން މެޑަލެއް ހޯދައިދިން ފުރަތަމަ އެތްލީޓެވެ. ސާއިދު ވަނީ މިއަހަރުގެ ގޭސްމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

ސާއިދުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ދިރާގު ހެޑްހޮފީހުގައި ބޭއްވި ހާއްސަ ހަރަކާތުގައި އެކުންފުނިން ސާއިދަށް ވަނީ އޮރެންޖު ކާޕެޓުގެ މަރުހަބާ އެއް ކިޔައިފައެވެ. މީގެ އިތުރުން ދިރާގުން ވަނީ ސާއިދު އަސް ހިތްވަރު ދިނުމުގެ ގޮތުން 100،000 ރުފިޔާވެސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ދިރާގުގެ 5ޖީ މޯބައިލް ހިދުމަތް އެކްސްޕީރިއަންސް ކޮށްލުމަށް 5ޖީ މޯބައިލް ހޭންޑް ސެޓެއްވެސް ދިރާގުން ސާއިދަށް ހަދިޔާކުރި އެވެ.

މިއަދުގެ ހަރަކާތާ ގުޅޭގޮތުން ދިރާގުގެ ސީނިއާ މެނޭޖާ، ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދިރާގުގެ އެމްބެސެޑަރެއްގެ ގޮތުގައި ސާއިދު ހަރަކާތްތެރިވުމަކީ ކުންފުންޏަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ. ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ އަށް މުޅި ގައުމުވެސް ފަހުރުވެރިވާ ކަމަށްވެސް މިރުޝާން ވިދާޅުވި އެވެ.

comment ކޮމެންޓް