ސުކޫލްކުދިންގެ ޗުއްޓީ ދުވަސްވަރަށް ހާއްސަކޮށްގެން ސައިރިކްސް ކޮލެޖުން ހިންގަމުން ގެންދާ ޕްރޮގްރާމް ތަކުގެތެރެއިން ކުޑަކުދިންނަށް ކޯޑިން ދަސްކޮށްދޭން ޕްރޮގްރާމެއް ހިންގައިފިއެވެ.
މިއީ ކޮމްޕިޔުޓަރ ކޯޑިންގ ފޯ ކިޑްސް ޕްރޮގްރާމް ގެ ފުރަތަމަ ބެޗެވެ.
ރޭ ސައިރިކްސް ކޮލެޖްގެ ގަލޮޅު ކެމްޕަހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ނިންމި ކުދިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް އިއްޔެ ވަނީ ސެޓްފިކެޓްތައްވެސް ހަވާލުކޮށްފައެވެ.
ސައިރިކްސްއިން ބުނީ އެ ޕްރޮގްރާމްގައި 16 ކުދިން ބައިވެރިވި ކަަމަށެވެ.
ސައިރިކްސް އިން ކުޑަކުދިންނަށް ހިންގި ކޯޑިން ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސައިރިކްސް
ރޭގެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ފުރިހަމަކުރި ކުދިންގެ މަސައްކަތްތައްވެސް ވަނީ ދައްކާލައިފައެވެ.
ސައިރިކްސްއިން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވި ގިނަ ކުދިންނާއި ބެލެނިވެރިން އެ ޕްރޮގްރާމްއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.
ސައިރިކްސްއިން އިތުރަށް ބުނީ އެ ޕްރޮގްރާމް ގެ ދެވަނަ ބެޗެއް މާދަމާ ފެށުމަށް ހަމަޖެހިފަިއވާ ކަމަށާއި. އަދިވެސް ޖާގަ ހުރި މިންވަރަކުން ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ.